ދިވެހިރާއްޖެ
މި އިޢުލާންވަނީ 29 ޖަނަވަރީ 2025 18:52 ގައި ބާތިލް ކުރެވިފައެވެ.
މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އދ. ކުނބުރުދޫ މަސްޖިދުއްރަޙްމާން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީ، ޕާޓްނާޝިޕް، ކޯޕަރޭޓިވް ޝޮސައިޓީ ނުވަތަ ކުންފުނިތަކުން 27 ޖެނުއަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. ނުވަތަ މި ކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރަން ވާނެއެވެ.
ބީލަން ހުށަހަޅާނީ 28 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުގެ 13:30 ގައި އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާއަށެވެ. ބިޑްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުށަހަޅާއިރު ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި، ބީލަން ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ފޯން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ބީލަން ހުށަހަޅަން ދުރުވާނަމަ ވިޔަފާރީގެ ވެރިފަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް ބީލަމާއެކު އެއްކަރުދާސް ކޮށްފައި އޮންނަންވާނެއެވެ.
މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 27 ޖެނުއަރީ 2025 ވާ ހޯމަ ދުވަހު 14:00 ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6680053 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.