|
މަޤާމުގެ ނަން: މެއިންޓަނަންސް އޮފިސަރ (ކޮންޓްރެކްޓް)
|
މުސާރަ: -/4465 ރުފިޔާ
|
ސާރވިސް އެލަވަންސް: -/1500 ރުފިޔާ
|
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 1
|
|
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / އެޑްމިނިސްޓްރޭޝަން
|
|
މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް
|
|
ޝަރުޠު:
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- މިނިސްޓްރީގައި ކުރަންޖެހޭ މަސައްކަތްތަކުގެ މަސައްކަތްކުރާނެ ފަރާތްތައް ހޯދައި، މަޢުލޫމާތު ދިނުމާއި ކޯޓޭޝަންތައް ހޯދުން.
- ސެކިއުރިޓީ ބަލަހައްޓަމުންދާތަންތަނުގެ ސެކިއުރިޓީގެ ކަންކަން ހުރިގޮތް ބެލުމާއި، މައްސަލައެއް އުޅޭނަމަ އެކަމެއް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
- މިނިސްޓްރީގެ އެކި އިމާރާތްތަކުގައި ހުރި އެއަރކޮންޑިޝަންތައް ސަރވިސްކޮށް މަރާމާތުކޮށް ބެލެހެއްޓުން.
- އިޢުލާން ތައްޔާރުކޮށް ގެޒެޓަށް ފޮނުވުން.
- މަސައްކަތާ ބެހޭ މަޢުލޫމާތު ތައްޔާރު ކުރުން.
- މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
- އަންދާސީހިސާބު ބަލައިގަތުން.
- ބިޑް ކޮމެޓީއަށް ފޮނުވުމަށް ތައްޔާރުކޮށް ބިޑްތައް ކޮމިޓީއަށް ފޮނުވުން.
- ބިޑް ކޮމިޓީން ނިންމާ ޙަވާލުކުރާ ބިޑުތައް ޚަވާލުވެ ބިޑް ކާމިޔާބު ކުރި ފަރާތައް ބިޑް އެވޯޑް ލެޓަރ ފޮނުވުން.
- އެގްރިމެންޓް ތައްޔާރުކޮށް މަސައްކަތް ޙަވާލުކުރުން.
- ސައިޓްތަކަށް ގޮސް މަސައްކަތް ހިނގަމުންދާގޮތް ބަލައި ސްޕަވައިޒް ކުރުން.
- މަސައްކަތްނިމި ފައިސާގެ ބިލްތައް ލިބުމުން ލިޔެކިޔުންތައް ހަމަކޮށް ލަސްނުކޮށް ބަޖެޓާ ޙަވާލުކުރުން.
|
|
ނޯޓް:
- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ ވޭލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
- ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށްބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެނައުމަށް ހަމަޖެހިފައިވަނީ އިންޓަވިއުއަށް ހާޒިރުވާއިރުއެވެ.
|
- ސުންގަޑި: 2015 އޮގަސްޓު 05 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން
- އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ ތިންވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް.
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވެބް ސައިޓް އެޑްރެސް www.youth.gov.mv
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް
|