ދިވެހިރާއްޖެ
ނަންބަރ: (IUL)MMPRC-PROC/1/2025/8
އިޢުލާން
މި ކޯޕަރޭޝަނުން މިއަހަރު ބޭއްވުމަށް ރާވައިފައިވާ "އެޕޯސް މޯލްޑިވްސް 2025" ހޯސްޓް ކުރާނެ ޕްރޮޕަޓީއެއް ހޯދަން ކުރެވުނު އިއުލާން ނަންބަރު (IUL)MMPRC-PROC/1/2025/1 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިއުލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖަނަވަރީ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 ފެބްރުއަރީ 04 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
21 ރަޖަބް 1447
21 ޖަނަވަރީ 2025