ދިވެހިރާއްޖެ
އިޢުލާން
ހިންމަފުށީ ކައުންސިލްގެ 2 ވަނަ ބަންގި މުބާރާތް 1446 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ސްކޫލްޢުމުރު ފުރާތަކުގެ ދަރިވަރުންގެ ހިތްތަކުގައި އިމާމުވެ ނަމާދުކުރުމާއި އަދި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް އެކަންކަމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ހިންމަފުށީ ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ 2 ވަނ ބަންގި މުބާރާތް 06 މާރޗް 2025 ން 08 މާރޗް 2025 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް އޮންނާނީ ޤުރްއާންމުބާރާތާއި އެކު އެކީގައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 11 ފެބްރުއަރީ 2025 ގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނާއި ހިންމަފުށި ސްކޫލް އިދާރާއިންނެވެ.
މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު ޢާއްމުކުރީމެވެ. އަދި މިމުބާރާތުގައި ދަރިވަރުން ބައިވެރިކުރުވުމުގެ މައްޗަށް ބެލެނިވެރިންގެ ފުރިހަމައެއްބާރުލެއްވުން ދެއްވުމަކީ މިކައުންސިލްގެ އެދުމެކެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.