ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީކުރުމާއި ގުޅޭ

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ އުސޫލާއި އެއްގޮތަށް، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު 19 މެއި 2024 އިން ފެށިގެން ދިވެހިރާއްޖޭގެ ޒަކާތުހައުސް އިން ހުޅުވާލާފައިވެއެވެ.

19 މޭ 2024 ގެ ފަހުން އަލަށް ރަޖިސްޓްރީކުރުމަށް ހުޅުވާލި މިއިދާރާގެ ނަންބަރ(IUL)417- CA/417/2024/105  (30 މެއި 2024) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަލަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތަތްކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. މުދަލު ޒަކާތް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހިޖުރީ އަހަރެއްގެ ހައްޖުމަހުގެ 01 ވަނަ ދުވަހާއި ހަމައަށް ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމުގައިވާތީ މިމުއްދަތުގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމްގައި ބޭންކުން ފުރިހަމަކުރަންޖެހޭ ބައެއް އޮތުމުން މިއީ ވަގުތު ބޭނުންވާނެ ކަމެކެވެ. ކުރިން ދުރާލާ ވަގުތު އޮއްވައި ފޯމްގައި ފުރިހަމަކުރަންޖެހޭ ބައިތައް ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއިއެކު ފޯމް ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ.

ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ކޮންމެ އަހަރެއްގެ - ޒުލްޤައިދާ މަހުގެ 25 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ ފޯމުތައްވެސް ދަފްތަރުކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް މިމުއްދަތުގެ ފަހުން ހުށަހަޅާ ފޯމުތައް ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ސުންގަޑިއަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފޮނުވުމަށް ދަތިތަކާއި ކުރިމަތިވުން އެކަށީގެންވާތީ މި ތާރީޚުގެ ކުރިން ފޯމް ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

21 ޖަނަވަރީ 2025
ހޯދާ