ދިވެހިރާއްޖެ
އިޢުލާން
އިންއެކްޓިވް ޖަމްޢިއްޔާތަކަށް އިތުރު ފުރުޞަތު ދިނުން
ޖަމްޢިއްޔާތަކުގެ ޤާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ ދަށުން، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ޤަވާޢިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން އިންއެކްޓިވް ވެފައިވާ ޖަމްޢިއްޔާތައް އެކްޓިވް ކުރުމަށް، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށްޓަކައި އިތުރު ފުރުޞަތެއް ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން އިތުރު ފުރުޞަތު ދިނުމަށް ފުރަތަމަ ހަމަޖެހިފައިވަނީ 1971 އިން 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމްޢިއްޔާ އަށެވެ.
ލިޔެކިއުންތައް ހުށަހެޅުމަށް 06 (ހަ މަސް) ދުވަހުގެ (20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށް) އިތުރު ފުރުޞަތެއްދީ އެކަން އަންގާ އިޢުލާން ކުރަމެވެ. މިގޮތުން އިތުރު ފުރުޞަތުދެވޭ ފުރަތަމަ 55 މަދަނީ ޖަމްޢިއްޔާގެ ލިސްޓް އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މުއްދަތު ތެރޭގައި ޖަމްޢިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމްޢިއްޔާތައް ޤާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
ވީމާ، އިންއެކްޓިވް ވެފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން، ޖަމްޢިއްޔާ އެކްޓިވް ކުރުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރަން ބޭނުންވާ ޖަމްޢިއްޔާތަކުން ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 4000488، 4000497 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.