މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ދައްކާ ތަންތަނުގައި ހުރި ރުއްގަސް ވިއްކާލުން

ކައުންސިލުން ދައްކާ ތަންތަނުގައި ހުރި ރުއްގަސް ވިއްކާލުމަށް މި އިދާރާއިން ބޭނުންވެއެވެ. ރުއްގަސް ގަންނަ ފަރާތުން މި ތަކެތި ބުޑާއިއެކު ނަގައި ބިންސާފުކޮށް، ބިންގަނޑު އެއްވަރުކުރުމަށްފަހު ކައުންސިލަށް ދައްކަންވާނެއެވެ. ބިންސާފުކުރުމުގައި އުފެދޭކުނި އުކާލުމަށް ހަމަޖެހިފައިވަނީ ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން ކައުންސިލުން ހަމަޖައްސާ ތަނަކަށެވެ. ރުއްގަސް ގަންނަ ފަރާތުން މިތަކެތި ރަށުން ބޭރުކުރުމަށް ބޭނުންފުޅުވާނަމަ އެކަމާއި ގުޅިގެން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ހުއްދަތައް ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުމުގައި މިކައުންސިލުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައި ދަންނަވެމެވެ.

ރުއްގަސް ހުރި ސަރަޙައްދުތައް:

  • އަމީނީމަގުގެ ދެކުނުކޮޅު (މ.ކޮޅުފުށީގައި ގެސްޓްހައުސް ތަރައްޤީކުރާ ބިންތަކުގެ ތެރެއިން ޒޯން އޭ ހިމެނޭ ސަރަޙައްދަށް ދިއުމަށްޓަކައި ތަރައްޤީ ކުރަމުންގެންދާ މަގު) މަގަށް އަރާ  – 107 ރުއް
  • ފުޓްބޯޅަ ސްޓޭޑިއަމްގެ އިރުން ތަރައްޤީ ކުރާ މަގަށް އަރާ : 75 ރުއް

ޕޮއިންޓް ދެވޭނެ އުސޫލު:

ހުށައަޅާ އަގު

މުއްދަތު

ސީ.އެސް.އާރު

30

20

50

 

މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 30 ޖަނަވަރީ 2025 (ބުރާސްފަތި) ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަދި އަމިއްލަ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުވުމަށް ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

               ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ09:00   ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާއި ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ހުސެން ކަލޭފާނު މަގު، މ.ކޮޅުފުށި، ދިވެހިރާއްޖެ.

ފޯން: 6720606

އީ-މެއިލް:  [email protected]

21 ޖަނަވަރީ 2025
ހޯދާ