ދިވެހިރާއްޖެ
އިޢުލާން
ޙަފްތާރެސް ޕްރޮގްރާމް އދ.އަތޮޅުގައި ހިންގުން
މިނިސްޓްރީ އޮފް ޑިފެންސްގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމެންޓް، އިންފޯރމޭޝަން އެންޑް އާޓރްސްއާއި ގުޅިގެން 2025 ފެބްރުވަރީ 02 އިން 09 އަށް، 'ހަފްތާރެސް' ޕްރޮގްރާމެއް މިއަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އދ.މަހިބަދޫގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ކޮންމެ ރަށަކުންވެސް 04 ޒުވާނުންނަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފުރަތަމަ ނަން ނޯޓު ކުރައްވާ 04 ފަރާތަށް އިސްކަން ދެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 22 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން 7557673 އަށް މެސެޖް ކުރައްވައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.
21 ރަޖަބް 1446
21 ޖަނަވަރީ 2025