މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފުރާ ޕަސިންޖަރުންގެ ފޮށި އުފުލައިދިނުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާ ބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު

ފުރާ ޕަސިންޖަރުންގެ ފޮށި އުފުލައިދިނުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާ ބެހޭ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައި.އެން.އައި.އޭ)އިން ފުރާ ފަސިންޖަރުންގެ ފޮށި އުފުލައިދިނުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ (33 ދިވެހިން) ފޯރުކޮށްދޭނެެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ 02 އޮގަސްޓު 2015 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިކުންފުނީގެ އިދާރީ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި އޮންނާނެއެވެ. މިކަމާއި ބެހޭ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މަތީގައި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ނެންގެވުމަށް ވަޑައިގަންނަވާ ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި މަޢުލޫމާތު ނުނެގޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ބީލަންތައް ހުށައެޅުމުގެ ސުންގަޑިއަކީ 09 އޮގަސްޓު 2015 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30ގައި އެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 09 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގައި، މި ކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މި ކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށައަޅާފައިވާ ފަރާތެއް ބަލައި ބިޑް އެވޯޑްކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337266 /3337236 /3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero

23 ޖުލައި 2015
ހޯދާ