ދިވެހިރާއްޖެ
ހދ. ކުމުންދޫގައި މީހުންދިރިއުޅެފައިވާ، މިހާރު ފަޅުވެފައިވާ، ގޯތިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން މަގުންހިނގާ މީހުންނަށާއި، ކައިރި އަވައްޓެރިންނަށް އުނދަގޫ ވާކަމުގެ ޝަކުވާތައް މިކައުންސިލަށް ކެނޑިނޭޅި ލިބެމުންދެއެވެ. މިގޯތިތަކުގެ ވާރިޘުން މިގޯތިތައް ސާފުކުރުމަށާއި އަދި ތަރިކައިގެ މައްސަލަތައް ކޯޓަށް ހުށައަޅައިގެން މިއަދުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި ނިންމެވުންއެދެމެވެ. އަދި 2 މަސްދުވަސްތެރޭގައި މިގޯތިތައް ސާފުނުކޮށް އަދި ތަރިކައިގެ މައްސަލަތައް ނުނިންމައިފިނަމަ، މިކައުންސިލުން އެގޯތިތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ. މިގޮތަށް މިކައުންސިލަށް އާންމުންގެ ފަރާތުން ހުށައެޅިފައިވާ ގޯތިތަކުގެ މަޢުލޫމާތު ތިރީގައިއެވަނީ އެވެ.
- ވެނީލާގެ
- ހުޅަނގުގެ
- ގުލްދަސްތާގެ
- ދިލާސާގެ
- ރަތްވިލާގެ
- ފުސްތުޅާގެ
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.