ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާނާ ބެހޭ.
ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނާއި، މެޑިކަލް ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންނާއި، ކޮމިއުނިޓީ ހެލްތް / ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްސަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕިޓެންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރީގައި މި ދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައެވެ.
|
# |
މަސް |
ދުވަސްތައް |
އަހަރު |
|
1 |
ޖަނަވަރީ |
27 |
2025 |
|
2 |
ފެބްރުއަރީ |
24 / 10 |
|
|
3 |
މާރޗް |
10 |
|
|
4 |
އޭޕްރީލް |
21 / 07 |
|
|
5 |
މެއި |
19 / 05 |
|
|
6 |
ޖޫން |
23 / 02 |
|
|
7 |
ޖުލައި |
07 |
|
|
8 |
އޮގަސްޓް |
18 / 04 |
|
|
9 |
ސެޕްޓެމްބަރ |
29 / 15 / 01 |
|
|
10 |
އޮކްޓޯބަރ |
27 / 13 |
|
|
11 |
ނޮވެމްބަރ |
24 / 10 |
|
|
12 |
ޑިސެމްބަރ |
08 |
އިމްތިޙާންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.
- މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި އިމްތިޙާންއަށް ރަޖިސްޓްރީ ވުން.
- އިމްތިޙާން އޮންނަ ދުވަހު ތިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން ފެކަލްޓީ އޮފް ހެލްތް ސައިންސަސްއަށް ޙާޞިރުވުން.
އިމްތިޙާނަށް ޙާޟިރުވާއިރު ބިދޭސީއެއްނަމަ ޕާސްޕޯޓް އަދި ދިވެއްސެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އޮރިޖިނަލް، އިމްތިޙާނަށް ފީ ދެއްކިކަމުގެ ރަސީދުގެ ކޮޕީ، މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އޭޕްރޫވަލް ސްލިޕްގެ ކޮޕީ، އަދި އެބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.
އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަމްބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
20 ރަޖަބު 1446
20 ޖަނަވަރީ 2025
