ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޟާންމަހު ދަރަނބޫދޫ 02 މިސްކިތުގައި ރޯދަ ވީއްލުން ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

ކުރީއަހަރެކޭ އެއްގޮތަށް 1446 ވަނަ އަހަރުގެ ރަމަޟާންމަހު ދަރަނބޫދޫ 02 މިސްކިތުގައި ރޯދަ ވީއްލުން ދޭން ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ހަދިޔާކުރުމުގެ ފުރުޞަޠު ހުޅުވާލަމެވެ.

  • ·        މޭވާ ، ހެދިކާ، ކަދުރު، ފެން، ޕެކެޓް، ކޭކު

 އަދި ދަންނަވަމެވެ. މިސްކިތްތަކަށް ގެންދާ ތަކެތި އިސްރާފުވުން ކުޑަ ކުރުމަށްޓަކައި އެފަދަ ތަކެތި ގެންދިޔުމުގައި ވަކި ޓޭބަލަކަށް ގެންދިއުން މުހިއްމު ކަމަށް ފެންނާތީ ހަދިޔާކުރަން ބޭނުންވާ ތަކެތީގެ ބާވަތާއި، ގެންދާނެ ދުވަސް އެނގޭގޮތަށް 2025 ފެބްރުވަރީ 18 ވާ އަންގާރަ ދުވަހުގެ މފ 14:00 ގެ ކުރިން  މިއިދާރާއިން ދޫކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

މިފަދަ މުހިއްމު ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖަނަވަރީ 2025
ހޯދާ