މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ވިޝަންސް އޮފް ދަ ފިއުޗާ އާޓް މައުރަޒު

އިޢުލާނު

ވިޝަންސް އޮފް ދަ ފިއުޗާ  އާޓް މައުރަޒު

 

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ދުވަސް ގޮތުގައި ފާހަގަކުރާ ދުވަހެވެ. 2024 ވަނަ އަހަރު މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ ޝިއާރަކީ "މާދަމާގެ ތަސައްވަރު : ބްރޯޑްކާސްޓިންގގެ މުސްތަޤުބަލު ބައްޓަންކުރުން" އެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި އާޓް މުބާރާތް "ވިޝަންސް އޮފް ދަ ފިއުޗާ" ގައި ބައިވެރިވި ދަރިވަރުންގެ ކުރެހުންތައް އާއްމުކޮށް ދައްކާލުމަށް ނެޝަނަލް އާޓް ގެލެރީގައި 25 ޖެނުއަރީ 2025 ގައި މައުރަޒު ކުރެވޭނެ އެވެ.

މި ގޮތުން ތިރީގައިވާ ޝިއާރުތަކުގެ މައްޗަށް ދަރިވަރުން ބިނާކޮށްފައިވާ ކުރެހުންތައް މައުރަޒުކޮށްފައި ވާނެ އެވެ.

  1. "ދަ އިވޮލިއުޝަން އޮފް މީޑީއާ": މި ޝިއާރަށް ހުށަހަޅާފައިވާ ކުރެހުންތަކުން ދައްކުވައިދޭނީ އިހުގެ ރޭޑިއޯ އިން ފެށި ބްރޯޑްކާސްޓިން މިއަދާ ހަމައަށް އައި އިރު ޒަމާނީ ބްރޯޑްކާސްޓިން ޕްލެޓްފޯމަކަށް ބަދަލުވެފައިވާ ގޮތް.
  2. "ބްރޯޑްކާސްޓް މީޑިއާ އެންޑް ކަލްޗާ": މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭނީ ރާއްޖޭގެ ސަގާފަތާއި، ތާރީހާއި އަދި އާދަކާދަ ދެމެހެއްޓުމުގައި ބްރޯޑްކާސްޓިން މީޑީއާ އަދާ ކުރާ ދައުރު.
  3. "ބްރޭކިން ނިއުސް": މި ތީމަށް ހުށަހަޅާ ކުރެހުންތަކުން ބްރޯޑްކާސްޓިންގ މީޑިއާ އިން ބްރޭކިން ނިއުސް އާއްމުންނަށް ގެނެސްދިނުމަށް އަދާ ކުރާ މުހިއްމު ދައުރު ފެނިގެންދާނެ.
  4. އާޓް މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ އުމުރުފުރާ ތަކަކީ
  • 6 އަހަރާއި 9 އަހަރު ދެމެދުގެ އުމުރުފުރާ
  • 10 އަހަރާއި 13 އަހަރު ދެމެދުގެ އުމުރުފުރާ
  • 14 އަހަރާއި 16 އަހަރު ދެމެދުގެ އުމުރުފުރާ                                                        

    މި ކުރެހުމުގެ މުބާރާތް އާއްމުކޮށް ހުޅުވާލެވިފައި ހުންނަނީ 25 ޖެނުއަރީ 2025/ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 އިން 10:00 އަށް ނެޝެނަލް އާޓްގެލެރީގައެވެ.

20 ޖަނަވަރީ 2025
ހޯދާ