ދިވެހިރާއްޖެ
ނ. މާޅެންދޫ "މަސްޖިދުލް ތަޤްވާ" ގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުން
ތިރީގައި މިދަންނަވާ ތަފްޞީލްތަކާއި އެއްގޮތަށް ނ. މާޅެންދޫ "މަސްޖިދުލް ތަޤްވާ" ގައި ނެވިލޯން އަޅައިދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 28 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން "ބިޑް ރެޖިސްޓްރޭޝަން ފޯމް" ހުށަހެޅުއްވުމަށްފަހު ، އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 02 ފެބުރުވަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރެޖިސްޓްރީ ވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ސުންގަޑިތައް:
ތަފްސީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބިލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީވުން |
28 ޖަނަވަރީ 2025 |
އަންގާރަ |
14:00 |
ބީލަން ހުށަހެޅުއްވުން ، އަދި ބީލާން ހުޅުވުން |
02 ފެބުރުއަރީ 2025 |
އާދީއްތަ |
13:00 |
ބީލަމުގައި ބައިވެރިވުމަށް ފުރަންޖެހޭ "ބިޑް ރެޖިސްޓްރޭޝަން ފޯމް" އަދި ބީލަން ހުށަހެޅުއްވުމަށް ބޭނުންވާނެ މަޢްލޫމަތާއި ބީލަންހުށަހަޅާ ފޯމް މިއިޢްލަނާއި އެކު ގެޒެޓްކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުއްވުމުގެ ފުރުސަތު އޮންނާނީ މިއިޢްލާނާއި އެކު ވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ސުންގަޑި ހަމަވުމުގެ ކުރިން [email protected] މިއީމެއިލްއަށް ރެޖިސްޓްރީޓްރޭޝަން ފޯމް ފޮނުއްވަވާފައިވާ ފަރާތްތަކަށެވެ.
އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560026 ނަމްބަރ އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.