މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ހުރާ ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުންކުރަމުންދާ 550.5 ކިލޯވޯޓްގެ ޖަނަރޭޓަރ މޭޖަރ އޯވަހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢްލާން

ކ.ހުރާ ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުންކުރަމުންދާ 550.5 ކިލޯވޯޓްގެ ޖަނަރޭޓަރ މޭޖަރއޯވަހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ރަށު ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުންދާ 550.5 ކިލޯވޯޓްގެ ޖަނަރޭޓަރ މޭޖަރ އޯވަހޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 28 ޖުލައި 2015 ވަނަ ދުވަހުގެ މެންދުރު 13.45 އަށް މި ކައުންސިލަށް ދުރުވެ މަޢްލޫމާތު ސާފުކުރެއްވުން އެދެމެވެ. އެދުވަހުގެ އެގަޑީގައި މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުނުކުރައްވަވާ އެއްވެސްފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީހިސާބު ފުރިހަމަ ކުރައްވަވައި 05 އޮގަސްޓު 2015 ދުވަހުގެ 13:45ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކަނޑާނީ އަންދާސީހިސާބު ހުށަހަޅުއްވާތާ 30 މިނިޓުއިރުގެ ތެރޭގައި އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި މި އިދާރާގައެވެ.

އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި 550.5 ކިލޯވޯޓްގެ ޖަނަރޭޓަރ އޯވަރހޯލް ކުރުމުގެ މަސައްކަތުގެ އަންދާސީހިސާބު މިގޮތަށް ލިޔުއްވާ ފައި އޮންނަންވާނެއެވެ.

މި ރަށު ރައްޔިތުންގެ އިންޖީނުގޭގައި މިހާރު ބޭނުން ކުރަމުންދާ 550.5 ކިލޯވޯޓްގެ ޖަނަރޭޓަރ މޭޖަރ އޯވަހޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ކޮށްފައިވާ ނަމްބަރު IUL334/334/2015/56 އިޢުލާނަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ވަނީ ބާޠިލުކުރެވިފައި ކަމުގައި ދަންނަވަމެވެ.

އަންދާސީހިސާބުއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

* ކޮންޓްރެކްޓަރގެ އައިޑީކާޑު ނުވަތަ ކާޑުގެ އެޓެސްޓްކޮށްފައިވާ ކޮޕީއެއް، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ އެޓެސްޓް ކޮށްފައިވާ ކޮޕީއެއް.

* މަސައްކަތް ކުރުމުގައި ބޭނުންކުރާނެ ކަމަށް ހުށަހަޅާ ޓޫލްސްގެ ތަފުސީލު ލިޔުން.

* މަސައްކަތުގައި އުޅޭނެ ޓެކްނީޝަނުންގެ އަދަދާއި ފެންވަރު ބަޔާންކޮށްދޭ ލިޔުންތައް.

* މީގެ ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ އަދަދާއި ނަންތައް އަދި އެތަންތަނުން ދީފައިވާ ކޮމެންޓްތައް.

* ވޮރެންޓީ ދެވޭނެ މުއްދަތު

* ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ ފަރާތެއްކަން އަންގައިދޭ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ

* ޖީ.އެސްޓީ. ރަޖިސްޓަރީގެ އެޓެސްޓްކޮށްފައިވާ ކޮޕީ

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޝައްވާލް 1436

23 ޖުލައި 2015
ހޯދާ