ދިވެހިރާއްޖެ
ޖެނެރަލް ވޭސްޓް އުކާދޭނެ ފަރާތެއް ހޯދުން
02 ވަނަ ފަހަރަށް ކުރެވޭ އިޢުލާން
މިހޮސްޕިޓަލްގައި އުފެދޭ ކުނި ( ޖެނެރަލް ވޭސްޓް ) ދުވަހުން ދުވަހަށް އުކާދިނުމާއި އަދި ބަޔޯހެޒާރޑްސް ކުނި ، މިހޮސްޕިޓަލުން ދޭ މަޢްލޫމާތާއި އެއްގޮތަށް އެންދުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދަށް ކޮންޓްރެކްޓް އުޞޫލުން އުފުލާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝަވްޤުވެރިވާ ފަރާތްތަކުން 26 ޖަނަވަރީ 2025 ދުވަހުގެ 10:00 ގެ ކުރިން މި ބީލަމަށް އެދި ރަޖިސްޓަރީ ކުރުމަށް ޓަކައި ތިރީގައި ދެންނެވިފައިވާ މަޢްލޫމާތު ، [email protected] ށް މެއިލްކުރެއްވުން އެދެމެވެ.
- ވިޔަފާރިއެއްނަމަ ވިޔަފާރީގެ ނަން، އެޑްރެސް ، މެއިލް އެޑްރެސް އަދި ފޯން ނަމްބަރ
- އަމިއްލަ ފަރުދެއްނަމަ ފުރިހަމަނަން. އެޑްރެސް، އައި ޑީ ކާރޑް ނަމްބަރ ، މެއިލް އެޑްރެސް އަދި ފޯން ނަމްބަރ
މި މަސައްކަތަށް އަގު ހުށަހެޅުމުގެ ސުންގަޑިއަކީ 28 ޖަނަވަރީ 2025 ދުވަހުގެ 10:00 އެވެ. އަގު ހުށަހެޅުން އޮންނާނީ ޅ. އަތޮޅު ހޮސްޕިޓަލްގެ ޖަލްސާ ކުރާ މާލަމްގައެވެ.
ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ކަމުގައިވެސް ދަންނަވަމެވެ.