ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ވޮލަންޓިއަރ އިންޓަރންޝިޕް (ލީގަލް އެސިސްޓެންޓް)

 

ވޮލަންޓިއަރ އިންޓަރންޝިޕް  ( 02 އަހަރު)

ނަންބަރު: (IUL)434-HR/434/2025/9

ތާރީޚް: 19 ޖަނަވަރީ 2025

މަސައްކަތް ކުރުމުގެ ފުރުސަތު ހުރި ތަންތަން

  • ނޭޝަނަލް ޑްރަގް އެޖެންސީ (ކ.މާލެ)
  • ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ.ހިންމަފުށި)
  • ހާފްވޭހައުސް (ހުޅުމާލެ)
  • ދަގެނާ (ގދ.ތިނަދޫ)
  • ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ (ގދ.ތިނަދޫ، ސ.ހިތަދޫ، ޏ.ފުވައްމުލައް)
  • ވިލުނު ސެންޓަރ (ސ.ހުޅުދޫ)

ބޭނުންވާ އަދަދު:

10

މަގާމު:

ލީގަލް އެސިސްޓެންޓް

މަޤާމުގެ ޝަރުތު:

ގްރޭޑް 10 ނިންމާފައި ހުރުން / އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައި ހުރުން

މައިގަނޑު މަސްއޫލިއްޔަތު:

  1. ލީގަލް ސެކްޝަނުން ކުރަމުންދާ އިދާރީ މަސައްކަތްތަކަށް އެހީތެރިކަށް ފޯރުކޮށްދިނުން.
  2. އިދާރީ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާކުރުމަށް ބޭނުންވާ މައުލޫމާތްތައް ހޯދުމާއި ރިޕޯޓްތައް ތައްޔާކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  3. ލީގަލް ސެކްޝަނަން ބޭނުންވެގެން ދުވަހުން ދުވަހަށް ހޯދަންޖެހޭ މަޢުލޫމާތުތައް ސެންޓަރުތަކާއި ގުޅިގެން ހޯދުން
  4. ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކުރުން
  5. ކުށުގެ ރިކޯޑް ސާފްކުރުމަށް ސެކްޝަނަން އަންނަ ފޯމްތައް ދުވަހުން ދުވަހަށް ނިންމުމަށް އެހީތެރިކަށް ފޯރުކޮށްދިނުން.
  6. ފޯންކޯލްތަކަށް ޖަވާބްދިނުން އަދި ރިކޯޑް ބެލެހެއްޓުން.
  7. އަދާ ކުރާ މަސައްކަތްތާއި ގުޅިގެން ރަށުން ބޭރަށް ދިއުން.
  8. އިންޓަރޝިޕްގައި ވޮލަންޓިއަރކޮށް މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ މަސައްކަތް ސުޕަވައިޒްކޮށް މޮނިޓަރކުރެވޭނެ. މަސައްކަތް ކުރަމުންދާނީ ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން.

މީހުން ހޮވުމުގައި ބަލާނެކަންތައްތައް:

- މަސައްކަތާގުޅޭ ދާއިރާ އަމަލީ ތަޖުރިބާ ލިބިފައިހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

- އިންޓަރވިއުން ފާސްވުން

- ދިވެހި އަދި އިނގިރޭސިބަހުން މުޢާމަލާތްކުރުމުގެ ހުނަރު

- ވާހަކަ ދެއްކުމުގެ ހުނަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ޕޯޓްފޯލިއޯ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
  5. ޕޮލިސް ރިޕޯޓް (މަޤާމަށް ޝޯޓްލިސްޓް ވުމުގެ ކުރިން ހުށަހެޅުން)

ސުންގަޑި:

27 ޖަނަވަރީ 2025 (ހޯމަ) ދުވަހުގެ 14:00 ގެ ނިޔަލަށް

އިތުރު މަޢުލޫމާތު

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

މި މަޤާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް އީ-މެއިލްގެ ޒަރީއާއިން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 2 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު މި އެޖެންސީގައި އޮންނާނެއެވެ.

އިންޓަރންޝިޕަށް އެދޭ ފޯމު އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އިންޓަރންޝިޕަށް އެދެންވީގޮތް:

ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  [email protected] އަށެވެ. 

19 ޖަނަވަރީ 2025
ހޯދާ