ދިވެހިރާއްޖެ
މި އިޢުލާންވަނީ 26 ޖަނަވަރީ 2025 13:56 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
ކުޑަހުވަދޫ މަލްޓިޕާރޕަސް ބިލްޑިންގ އަޕްގްރޭޑް ކުރުމަށް ބޭނުންވާ ތަކެތި ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 19 ޖަނަވަރީ 2025 އިން 26 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން އޮންލައިންކޮށް ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
- އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ސްލިޕް ވައިބަރ ކުރާއިރު، ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
- މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އިއުލާން ގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 03 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
- ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: 1430 Revenue 1
- ޓްރާންސްފާރ ސްލިޕް ފޮނުވާނެ ނަންބަރ : 9781899
- އީމެއިލް: [email protected]
19 ޖަނަވަރީ 2025