ދިވެހިރާއްޖެ
އިޢުލާން
ފ. ދަރަނބޫދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓެއް ފަރުމާކުރުމަށް ފުރުޞަތު ހުޅުވާލުން
މިއިދާރާގެ ނަންބަރު: (IUL)373-MS/INDIV/2024/21 ( 24 މާރިޗް 2024 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ދަރަނބޫދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓެއް ފަރުމާކޮށް ހުށަހަޅުއްވާފައެއް ނުވެއެވެ.
ފ. ދަރަނބޫދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓް ފަރުމާކުރުމުގެ ފުރުޞަތު މިއަދު 2025 ޖަނަވަރީ 19 ވަނަ ދުވަހުން ފެށިގެން 2025 ފެބްރުވަރީ 19 ވަނަ ދުވަހުގެ މފ 14:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ފަރުމާކުރުމަށާއި ޑިޒައިން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
ދަރަނބޫދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްނާޝިޕްތަކާއި، ކްލަބްޖަމިއްޔާ ޖަމާއަތްތަކަށް ކުޅިވަރު ޓީމްތަކަށާއި، އަދި ގްރޫޕްތަކަށާއި، ޒުވާނުންނަށާއި އަދި އަމިއްލަ ފަރުދުންނަށެވެ. ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލެވެ. އެހެން ނަމަވެސް ޕްރޮޕޯސަލްގައި ބޭނުން އަދަދަކަށް ޑިޒައިން ހުށަހެޅިދާނެއެވެ. އެހެންނަމަވެސް ކޮންމެ ޑިޒައިންއަކަށްވެސް ވަކިން ޑިޒައިނާއިއެކު ހުށަހަޅަން ބުނެފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.
ދަރަނބޫދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ފެބްރުވަރީ 19 ވާ ބުދަ ދުވަހުގެ މފ 14:00 ގެ ކުރިން ފަރުމާކޮށްފައިވާ މޮނިއުމެންޓްގެ ކުރެހުން އަދި ފަރުމާކުރެއްވި ފަރާތުގެ ވަނަވަރު މިއިދާރާގެ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. މިއިދާރާގެ އީމެއިލް އެޑްރެސްއަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ 6740015 ނަންބަރު ފޯނާއި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވީމާ، މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.