ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުން.

(IUL)258/258/2025/7 :ނަންބަރު

އިޢުލާން       

1446 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުން.

މި އިދާރާގެ ނަންބަރ 258/258/2025/1(IUL) (2025 ޖަނަވަރީ 05) އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ކޯޓޭޝަންތައް ޝަރުތުހަމަނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، 1446 ވަނަ އަހަރު ރަމަޟާންމަހު ހދ. ހަނިމާދޫ "މަސްޖިދު މޫސާ އަލީ" އާއި، "މަސްޖިދުއް ތައުބާ" ގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ 2 ޙާފިޡުން މިކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://forms.office.com/r/NYWWxVuxTf ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

2025 ޖަނަވަރީ 19 އިން

2025 ޖަނަވަރީ 23 ނިޔަލަށް

2025 ޖަނަވަރީ 22 ވާ (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް

ބީލަންތައް ހުޅުވުން

2025 ޖަނަވަރީ 23 (ބުރާސްފަތި)

މެންދުރު 13:00 / ހދ ހަނިމާދޫ ކައުންސިލް މީޓިންރޫމް

  1. ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  2. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  3. މި ބީލަން ހުޅުވާލެވިފައިމިވަނީ، ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމިއްޔާތަކަށާއި ކުންފުނިތަކަށެވެ.
  4. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002064

    އީމެއިލް:  [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ރަޖަބް 1446

19 ޖަނަވަރީ 2025                                                                       

19 ޖަނަވަރީ 2025
ހޯދާ