ދިވެހިރާއްޖެ
ނަންބަރު: (IUL)303-CA/303/2025/06
އިޢުލާން
1446 ވަނަ އަހަރުގެ ރަމަޟާން މަހު ރ. އުނގޫފާރު މަސްޖިދުލްތަޤްވާ ގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘެއް ހޯދުން
1446 ވަނަ އަހަރުގެ ރަމަޟާންމަހު ރ. އުނގޫފާރު މަސްޖިދުލްތަޤްވާ ގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘެއް ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރުމަށް ބޭނުންވާ ޙާފިޘުންނަށް ފުރުޞަތު ހުޅުވާލަމެވެ.
މިގޮތުން 1446 ވަނަ އަހަރު ރ. އުނގޫފާރު މަސްޖިދުލްތަޤްވާ ގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމް ("ދިވެހި ޙާފިޘުން ޙިފްޘުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފޯމް") ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތަކާއެކު، ކޯޓޭޝަން 2025 ޖެނުއަރީ 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޙާފިޘުން އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް މި އިދާރާއިންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
އުޖޫރަ (އެލަވަންސް):
- ދިވެހި ޙާފިޘުންނަށް އެލަވަންސް ކަނޑައެޅިފައިވަނީ އިމާމުވެ ޙިފްޘުކޮށް ތަރާވީޙް ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/500 (ފަސްސަތޭކަ) ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން ރަށުން ބޭރުގެ ޙާފިޘެއް ނަމަ ޙާފިޘްގެ ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ.
- ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/200 (ދުއިސައްތަ) ރުފިޔާގެ މަގުން ފައިސާގެ އެލަވަންސް އަދި ހުރުމާއި ކެއުން ހަމަޖައްސާދޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.