އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - 1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ދަރުމަވެރި ފަރާތަތައް ހޯދުމާއި ގުޅޭ

އިޢުލާން

1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ދަރުމަވެރި ފަރާތަތައް ހޯދުމާއި ގުޅޭ

        1446 ވަނަ އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމަށް އައްޑޫސިޓީ މަރަދޫފޭދޫގެ މިސްކިތްތަކުގެ ތެރެއިން  މަސްޖިދުއް ނޫރު، މަސްޖިދުއް ތަޤްވާ އަދި މަސްޖިދުއް ޢަލީގެ ކުރަންހުރި މަރާމާތާއި، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމުގައި ދަރުމައަށް މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

        ވީމާ، އައްޑޫސިޓީ މަރަދޫފޭދޫގެ މިސްކިތްތައް މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ދަރުމައަށް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން "މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށާއި މިސްކިތްތަކުގައި ކުރަންހުރި މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދިނުމަށް އެދޭ ފޯމް" 31 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މި އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. "މިސްކިތްތަކަށް ތަކެތި ހަދިޔާކުރުމަށާއި މިސްކިތްތަކުގައި ކުރަންހުރި މަސައްކަތްތައް ހިލޭ ސާބަހަށް ކޮށްދިނުމަށް އެދޭ ފޯމް" މި އަވަށު އޮފީހުންނާއި އަދި ކައުންސިލްގެ ވެބް ސައިޓް އިން ލިބެން ހުންނާނެއެވެ.

        ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

19 ރަޖަބު 1446

19 ޖަނަވަރީ 2025

19 ޖަނަވަރީ 2025
ހޯދާ