ދިވެހިރާއްޖެ
އިޢުލާން
މިރަށު ދިލްޝާދު ހިނގުމުން ދެކުނަށް، ތިލޭރު ހިނގުމުން އިރަށް، މަލްވާގޯޅި އިން އުތުރަށް އޮތް ބިމުގައި ހުރި ބައެއް ރުއްގަސް ނަގަންޖެހޭތީ، އެރުއްގަހުގެ ވެރިން ސާފު ކުރުމަށް ވަނީ ބޭނުން ވެފައެވެ. މިގޮތުން އެސަރަހައްދުން ކަނޑަން ބޭނުންވާ ރުއްގަހުގައި ރަސްގެ ޖަހައި، މިއިދާރިއިން 01 ން 68 އަށް ނަމްބަރު ޖަހާފައި ހުންނާނެއެވެ.
ވީމާ އެރުއްގަހުގެ ވެރިން، މިއިދާރާއަށް ދުރުވެ މިއިދާރާއިން އެރުއްގަހަށް ދީފައިވާ ނަމްބަރު އަންގަވާ ދެއްވުމަށް ދެންނެވީމެވެ. ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓް ކުރަން ދުރުވާއިރު އެރުއްގަހުގެ ރަޖިސްޓަރީ ނަމްބަރު ގެންނަށް ޖެހޭނެއެވެ.
2025 ޖަނަވަރީ 30 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވެރިޔަކު ނުވެ ހުންނަ ރުއްގަސް ގާނޫނު ނަމްބަރ 21/98 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެރުއްގަސް ކަނޑާ ލެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
20 ރަޖަބް 1446