ދިވެހިރާއްޖެ
އިޢުލާން
މި މަރުކަޒުގެ ގޯތި ތެރޭގެ ބައެއް ސަރަހައްދުތަކުގައި ގާ އެތުރުމަށް ބޭނުންވާތީ މި މަރުކަޒުން ދޭ ނަމޫނާއަކާ އެއްގޮތަށް ގާ އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ގަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7952914 ނަންބަރު ފޯނާއެވެ.
މި މަރުކަޒުގެ ނަންބަރު GS24/IUL/2015/22 (28 ޖޫން 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަންދާސީހިސާބު ހުށަހެޅުން  | 
| 
 30 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 13:00 ގައި ސްކޫލް އޮފީހުގައި  | 
 06 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 13:00 ގައި ސްކޫލް އޮފީހުގައި  | 
29 ރަމަޟާން 1436
