ދިވެހިރާއްޖެ
ސެކިއުރިޓީ ރޫމް ޢިމާރާތްކުރުން:
މި މަރުކަޒުގައި ސެކިއުރިޓީ ރޫމެއް އިމާރާތްކުރަން ބޭނުންވެއެވެ.
ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ގަބޫލުނުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި މަރުކަޒުގެ ނަންބަރު GS24/IUL/2015/16 (13 މޭ 2015) އިޢުލާނާ ގުޅިގެން ހުށައަޅައިފައިވާ އަންދާސީހިސާބުތައް ފުރިހަމަ ނުވާތީ، އެ އިޢުލާން ބާޠިލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
| 
 މަޢުލޫމާތު ސާފުކުރުން  | 
 އަންދާސީހިސާބު ހުށަހެޅުން  | 
| 
 30 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި  | 
 06 އޮގަސްޓު 2015 (ބުރާސްފަތި) ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައި  | 
29 ރަމަޟާން 1436
