ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކާރާއި ޕިކަޕްގެ ޚިދުމަތްދިނުން

އިޢުލާން

ކާރާއި ޕިކަޕްގެ ޚިދުމަތްދިނުން

މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާންތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުތައް ކުރުމަށާއި އުފުލަންޖެހޭ ތަކެތި އުފުލުމަށް، ހޯދުމަށް 2015 ޖުލައި 09 ވަނަ ދުވަހު ކުރި ނަންބަރު (IUL)120/1/2015/30 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮގަސްޓު 03 ވާ ހޯމަ ދުވަހުގެ 10:30 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ.

5 ޝައްވާލް 1435

21 ޖުލައި 2015
ހޯދާ