އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 23 ޖަނަވަރީ 2025 15:48 ގައި ބާތިލް ކުރެވިފައެވެ.


ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

          އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަހައްދީ އޮފީހުގެ އިމާރާތާއި ގޯތީތެރޭގައި ހިމެނޭ އެންމެހައި ތަކެތީގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައްތައް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގައި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބީލަމާ ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

          މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ސެކިއުރިޓީ ބަލަހައްޓަންޖެހޭ އިމާރާތާ ގޯތި ބެއްލެވުމަށް 19 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އާއި 14:00 އާ ދެމެދު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން ސެކިއުރިޓީ ބަލަހައްޓަންޖެހޭ ސަރަހައްދު ބައްލަވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 28 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 14:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 26 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

 

                         16 ޖަނަވަރީ 2025

 

16 ޖަނަވަރީ 2025
ހޯދާ