މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީއަށް ނެކްސްޓް ޖެނެރޭޝަން ފަޔަރވޯލްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް:

އެމްޓީސީސީއަށް ނެކްސްޓް ޖެނެރޭޝަން ފަޔަރވޯލްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: MTCC-PD/IU/2024/0357 (26 ޑިސެމްބަރު 2024) އިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލު

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

23 ޖެނުއަރީ 2025

ބުރާސްފަތި

10:00

އަންދާސީ ހިސާބު ހުށަހެޅުން

30 ޖެނުއަރީ 2025

ބުރާސްފަތި

10:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަން މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

16 ޖަނަވަރީ 2025
ހޯދާ