ދިވެހިރާއްޖެ
Brunei Government Scholarship 2025/2026 |
ބުރޫނާއި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ބުރޫނާއި ގަވަރމެނޓް ސްކޮލަޝިޕް ޕްރޮގްރާމް 2025/2026 ގެ ދަށުން 5 ޔުނިވަރސިޓީއަކުން ޑިޕްލޮމާ، އަންޑަރގްރެޖުއެޓް ޑިގްރީ އަދި ޕޯސްޓްގްރެޖުއެޓް މާސްޓަރސް ޑިގްރީގެ ފުރުސަތުތައް ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕްދޭ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންނަށް ލިބޭ ޚަރަދު ތަކުގެ ތަފްޞީލް ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. މިސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު، ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ. އަދި މިސްކޮލަރޝިޕް ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހު ބުރޫނާއި ގަޑިން 16:00ގެ ކުރިން https://www.mfa.gov.bn/pages/online-bdgs.aspx މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ހުށަހަޅަންވާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. .................................................................................................................................................................... * މިޕްރޮގްރާމްތަކަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، އެ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަން ވާނެއެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރަން ވާނެއެވެ. |