ދިވެހިރާއްޖެ
ނަމްބަރ: GS138/IUL/2025/P02
އިޢުލާން
ދޮންފަނު ސުކޫލުގެ ސްޓޭޖް ކުލާހުގެ ފާޓިޝަން މަރާމާތު ކޮށް އެހެން ކުލާހަކަށް ބަދަލުކުރުން
މި ސުކޫލްގެ ސްޓޭޖް ކުލާހުގައި ޖަހާފައިވާ ޕާޓިޝަންތައް މަރާމާތު ކުރުމަށްފަހު އެހެންކުލާހެއްގައި ޖެހުމަށް ބޭނުންވާތީ މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މިކަމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:30 ކުރިން ބިޑް ރެޖިސްޓްރީ ކުރުމަށްފަހު 28 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި ސުކޫލަށް ވަޑައިގެން ބިޑު ހުށައެޅުމަށް ދަންނަވަމެވެ. މި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު އަދި އަގު ހުށަހަޅާ ފޯމް މި އިއުލާނާއެކު އާއްމު ކުރެވިފައިވާނެއެވެ.
ބިޑު ހުށައެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ.މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް މިއިދާރާގެ ނަންބަރު 6601002 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި މަސައްކަތަކަށް އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޖަނަވަރީ 2025