ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެންޑަރ ރެޖިސްޓްރީއެއް އެކުލަވާލުން

އެކި ކަހަލަ ޚިދުމަތްތައް ނުވަތަ މަސައްކަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކަށް ހަމަހަމަ ފުރުޞަތެއް ހޯދައިދިނުމަށާއި، މިކައުންސިލުން ބޭނުންވާ ޚިދުމަތްތަކާއި ކުރަން ބޭނުންވާ މަސައްކަތްތަކުގެ މަޢުލޫމާތު، ޚިދުމަތްތަކާއި މަސައްކަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޙިއްޞާކުރުމުގެ މަޤުޞަދުގައި ވެންޑަރ ލިސްޓެއް އެކުލަވާލުމަށް ބޭނުންވެއެވެ. މިގޮތުން، 2025 ޑިސެމްބަރ 31 ގެ ނިޔަލަށް، މި އިދާރާއަށް ބޭނުންވާ، 35000ރ އިން ދަށުގެ ޚިދުމަތްތަކާއި ތަކެތި، ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ވިޔަފާރިތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން، 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި މި މުއްދަތުގެ ފަހުން އަލަށް ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން، މި ވެންޑަރ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވެލައްވާނަމަ ސިޓީއަކުން  އެކަން މި އިދާރާއަށް އެންގެވުމުން، ވެންޑަރ ރަޖިސްޓްރީގައި ހިމެނުމުގެ ފުރުޞަތު ދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ރަޖިސްޓްރީވުމަށް އެދޭ ފޯމުގެ ލިންކު:https://forms.office.com/r/tsD4mJymKZ

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖަނަވަރީ 2025
ހޯދާ