އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް

އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު :

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2  /  އެކައުންޓްސް އޮފިސަރ

ރޭންކް:MS 2

މުސާރަ

މަހަކު -/6295 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިވިޜަން

ލީގަލް އެންޑް ފައިނޭންސް

ސެކްޝަން /ޔުނިޓް

ފައިނޭންސް

މަސައްކަތް ކުރަންޖެހޭ ތަން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް

- ބަޖެޓް ސެކްޝަނުގެ އިސްވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން.

- އާމްދަނީއަށް ލިބޭ ފައިސާ ދުވަހުން ދުވަހަށް ޖަމާވޭތޯ ބަލައި، އެކަން ކުރުވުން.

- އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން އާމްދަނީއަށް ލިބޭ ފައިސާގެ މަސްދުވަހުގެ ރިޕޯޓް، ކަމާބެހޭ ފަރާތަށް މުއްދަތަށް ފޮނުވޭތޯ ބަލައި، އެކަން ކުރުވުން.

- ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ޞިއްޙީ މަރުކަޒުގެ ބަޖެޓް ތައްޔާރުކޮށް، މިނިސްޓްރީއަށް ފޮނުވުން.

- ފައިސާ ޚަރަދުކުރުމުގައި މެނޭޖްމަންޓަށް އިރުޝާދު ދިނުން.

- ޞިއްޙީ މަރުކަޒުތަކުން ހޮސްޕިޓަލަށް އާމްދަނީއަށް ލިބޭ ފައިސާ، މަސް ނިމުމުން، އާމްދަނީ އެކައުންޓަށް ޖަމާކުރެވޭތޯ ބަލައި،  ޤަވާއިދާ އެއްގޮތަށް އެކަން ހިނގާތޯ ބެލުން.

- ހޮސްޕިޓަލުން ދެވޭ އަގުނަގާ ޚިދުމަތްތަކުގެ ތެރެއިން އަގުނަގާ ޚިދުމަތްތަކަށް ހެދިފައިވާ ބިލްތަކަށް ފައިސާ ލިބޭތޯ ބަލައި، ޤަވާއިދާ އެއްގޮތަށް އެކަން ހިނގާތޯ ބެލުން.

- ހޮސްޕިޓަލުގެ ބަޖެޓުން ކުރެވޭ ޚަރަދުތައް ޗެކްކޮށް ބެލުމާއި، ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތަށް ޚަރަދުތައް ކުރުމާއި، ހިސާބުތައް ބެލެހެއްޓުމުގެ ކަންތައް ސްޕަވައިޒްކޮށް ހެދުން.

- ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތަކާއި ޢިނާޔަތްތައް، ކަނޑައެޅިފައިވާ ދުވަހަށް ދިނުމަށް އެޗް. އާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އިތުރުގަޑީގެ ޝީޓްތައް ޗެކްކުރުމާއި، އެހެނިހެން ހިސާބު ޝީޓްތައް ޗެކްކޮށް ހެދުމާއެކު، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ދިނުން.

- ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސާއި ޢިނާޔަތާއި ޚަރަދަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަފްޞީލް ފޮނުވާތޯ ބަލައި ފައިސާ ހޯދުމަށް މަސައްކަތް ކުރުން.

- ބޭންކް އެކައުންޓްތައް ރަނގަޅަށް ބަލަހައްޓަމުންދޭތޯއާއި، ބަޖެޓް ފައިސާއާއި ބަޖެޓާ ނުބެހޭ ފައިސާގެ ހިސާބުތައް ދުވަހުން   ދުވަހަށް ނިންމަމުން ދޭތޯ ބަލައި އެހީތެރިވުން.

- ބަޖެޓް ސެކްޝަނަށް ލިބޭ ބިލްތަކަށް ލަސްނުކޮށް ފައިސާ ދެއްކުމުގެ ކަންތައް ބަލަހައްޓައި، ބިލްތަކާއި ޚަރަދު ބައިތައް ރަނގަޅުތޯ ބަލައި، ވައުޗަރުގާ ސޮއި ކުރުވުން.

- ތިޖޫރީގައި ހުންނަ ފައިސާއާއި ޗެކްތަކުގެ ހިސާބުތައް މަހަކު އެއްފަހަރު ޗެކްކޮށް ބަލައި ތިޖޫރީ ރިޕޯޓް ތައްޔާރުކުރުވުން.

- ކަނޑައެޅިފައިވާ މުއްދަތަށް ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުވުމާއި، ކަމާބެހޭ ފަރާތަށް ފޮނުވުމުގެ ކަންތައް ބެލެހެއްޓުން.

- ލިބިފައިވާ ބަޖެޓާ އެއްގޮތަށް ޚަރަދުތައް ކޮންޓްރޯލްކުރުމަށް ބާރުއަޅައި މަސައްކަތް ކުރުން.

 

 

 

 

 

މަޤާމުގެ ޝަރުޠު

1. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތ؛ަ

2. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  އެކައުންޓްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ)ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

4. އެޕްލައިޑް އެކައުންޓިންގ، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، (އޭ.ސީ.ސީ.އޭ)، ހެލްތު ފައިނޭންސް، އިކޮނޮމިކްސް، މެތަމެޓިކްސް، ސްޓެޓިސްޓިކްސް، އެކައުންޓިންގ ޓެކްނީޝަން (ސީއޭޓީ) ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން  ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމް

ޑްރައިވަރ

ބޭނުންވާ އަދަދު:

1 (އެކެއް)    

މަޤާމުގެ ކްލެސިފިކޭޝަން 

ސަޕޯޓް ސްޓާފް  ގްރޭޑް 2

ރޭންކް: SS 2

މުސާރަ

މަހަކު -/3470 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޜަން

ލޮޖިސްޓިކް މެނޭޖްމަންޓް އެންޑް މެއިންޓެނަންސް

ސެކްޝަން / ޔުނިޓް

ލޮޖިސްޓިކް މެނޭޖްމަންޓް އެންޑް މެއިންޓެނަންސް

މަސައްކަތް ކުރަންޖެހޭ ތަން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

 

ކުރަންޖެހޭ މައިގަނޑު

މަސައްކަތްތައް

- ހޮސްޕިޓަލަށް ބަލިމީހުން ގެނައުމުގައި އޯގާތެރިކަމާއި ހިތްހެޔޮކަމާއިއެކު، ފަރުވާތެރިވެ ޚިދުމަތް ދިނުމާއި، އިމަރޖެންސީ ޙާލަތްތަކުގައްޔާއި އެނޫން ޙާލަތްތަކުގައި ހޮސްޕިޓަލަށް ގެންނަންޖެހޭ ބަލިމީހުން އުފުލުމާއި އެމްބިއުލެންސުގައި ގެނެސް ގެންދިއުމުގައި ޑްރައިވަރެއްގެގޮތުން ދަތުރުކުރުމާއި، ޑްރައިވަރުގެ އެހީތެރިއެއްގެގޮތުން މަސައްކަތްކުރަންޖެހޭ ޙާލަތްތަކުގައި އެހީތެރިވެދިނުން.

- ޑިއުޓީ އުޞޫލުން މަސައްކަތް ކުރުން.

- އެމްބިއުލެންސް ދަތުރުތަކުގެ އިތުރުން ވޭނުގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި، ލޮގް ލިޔެ ބެލެހެއްޓުން.

އެމްބިއުލެންސާއި ވެހިކަލްތައް ބެލެހެއްޓުމަށް ހަމަޖެހިފައިވާގޮތުގެމަތިން ސާފުކޮށް، ސަރވިސްކުރުވައި، ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ރިޕޯޓްކޮށް ޙައްލުކުރުވުން.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތުގެ ދާއިރާގާ 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ B1,B2,C1 ލައިސަންސް ލިބިފައިވުން.

ވަޒީފާއަށް އެންމެ

ޤާބިލް ފަރާތެއް ހޮވުމަށް

ބެލޭނެ ކަންތައްތައް

1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞުލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާޢިދުގައިވާގޮތުގެމަތިން ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް ފައިސާ ލިބޭނެއެވެ.

 

 

 

 

ހުށަހަޅަން ޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.

2. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުން ކިޔަން އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

އޯގަސްޓް މަހުގެ ފަހު ހަފްތާގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅުއްވާނީ ރަސްމީ ގަޑީގައި، 6885046 ނަންބަރު ފޯނަށް ނުވަތަ 6885045 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންނާއި، ހުޅުމީދޫ ޞިއްޙީ މަރުކަޒުންނާއި، ފޭދޫ ޞިއްހީ މަރުކަޒުންނާއި، މަރަދޫ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ.

4 ޝައްޥާލް 1436

20 ޖުލައި 2015
ހޯދާ