ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ނަންބަރު 7/2010) ގެ 23 ވަނަމާއްދާ (ރަށު ކައުންސިލުން ދޭ ރަށްވެހިކަމުގެ ޚިދުމަތްތައް) ގެ (ހ) ގެ 11 އިން ބާރުލިބިގެން، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ (ނަންބަރު 2002/1) އެއްގޮތްވާ ގޮތުގެމަތިން އަދި ރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ތަޢާރުޟުނުވާ ގޮތަށް، ދިރި އުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތައް ސާފުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން ދަންނަވަމެވެ.
ބަންޑާރަގޯތި ދޫކުރެވޭއިރު ވަރަށް ސަރީޚަ ޢިބާރާތުން ޢަމަލުކުރަން ޖެހޭނެގޮތް ރަޖިސްޓްރީގައި ބަޔާންކޮށްފައި ވީނަމަވެސް، ވަރަށް ގިނަ ފަރާތްތަކުން ގެވަޅުތަށް ސާފުކޮށް ބަލަހައްޓަމުން ނުދާކަން އަދި މިއުޞޫލާ ޚިލާފުވާކަންވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން ބަންޑާރަ ގޯތީގެ އުސޫލަށް ޢަމަލުކުރުމަށް ހަނދާންކޮށްދެމެވެ. އަދިތިރީގައި ބަޔާންކޮށްފައިވާ ގޯތި ދޫކުރުމުގެ އިޖުރާއަތްތަށް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ.
1- ގޯތީގެ މަގުމަތީފާރާއި މެދުފާރު ރާނާ ބަލަހައްޓަން ވާނެއެވެ. ނުވަތަ ގޯތީގެ މަގުމަތީފުޅަފާއި، މެދުފުޅަށްއަޅާ ބަލަހައްޓަންވާނެއެވެ. މިފާރުތައް ރާނަންވާނީ ނުވަތަ މިފުޅައްތައް އަޅަންވާނީ ރަށުކައުންސިލްގެ އަމުރު ލިބިގެންނެވެ.
2- ގޯތި ތެރެއާއި ގުޅިފައިވާ މަގު ކުނިކަހައި، ވިނަނޮޅައި، ސާފުކޮށް ބަލަހައްޓަން ވާނެއެވެ.
އަދިދަންނަވަމެވެ. މިއެންގުމާއި އެއްގޮތަށް އަމަލު ނުކުރާފަރާތް ތަކާއި ފަޅުގޯތިތަކުގެ ތެރެއިން ސާފުތާހިރުކަން ބެލެހެއްޓުމަށް ކައުންސިލުން ތަކުރާރުކޮށް އެންގުމުންވެސް އިޖާބަނުދޭ ފަރާތްތަކުގެ ގޯތިތައް ދައުލަތަށް ނެގުމަށްޓަކައި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރަމުންދާނެކަން އާންމުކޮށް އަންގާ އިއުލާނު ކުރަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 ރަޖަބް 1446
16 ޖެނުއަރީ 2025