މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
4 ފުރޮޅުލީ އުޅަނދު މަގުމަތީގައި ޕާރކުކޮށްފައި ބޭއްވުމާގުޅޭ

މިހާރަކަށް އައިސް ރަށުގެ މަގުތަކުގައި، ދާއިމީ ގޮތެއްގައި ބައެއް ފަރާތްތަކުން، 4 ފުރޮޅުލީ އުޅަނދުތައް (ކާރު، ލޮރީ، ޕިކަޕް ފަދަ ތަކެތި) ޕާކު ކޮށްފައި ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން، ޢާންމުކޮށް ދުއްވާ ތަކެއްޗަށާއި، ކުނި އުފުލާ ޕިކަޕްތަކަށާއި، އެމްބިއުލާންސްއާއި، އަދި މިނޫންވެސް އެހެނިހެން އުޅަނދުތަކަށް އިންތިހާއަށް ދަތިވަމުންދާ ކަމުގެ ޝަކުވާ މިކައުންސިލަށް ކެނޑިނޭޅި ލިބެމުންދާކަން ފާހަގަ ކުރަމެވެ.  

އެނގިވަޑައިގަންނަވާނޭ ފަދައިން ރަށަށްގެނެވޭ އެއްގަމު ދުއްވާ 4 ފުރޮޅުލީ އުޅަނދުތަކަކީ، ޕާކުކުރުމަށް ވަކި ގަރާޖެއް ހަމަޖެހިގެން ރަޖިސްޓަރީވެފައިވާ ތަކެތިކަމުގައި ވާއިރު، ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ އުޅަނދުތައް  ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްގައި ބޭއްވުމަކީ، އެންމެންގެ ރައްކާތެރިކަމަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ.  

 

އެހެންކަމުން ކެނދިކުޅުދޫ ގެ މަގުތަކުގައި ގަރާޖަށް ނުވައްދާ ޕާރކްކޮށްފައިހުރި 4 ފުރޮޅުލީ އެއްގަމު އުޅަނދުތައް 7 ދުވަހުގެ ތެރޭގައި މަގުމަތިންނަގައި، އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ގަރާޖަށް ވެއްދުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި ނުނަގާހުރި އުޅަނދުތަކުގެ ގަރާޖު ހުއްދަ ބާތިލުކޮށް އެއުޅަނދު ތަކުގެ މަޢުލޫމާތު ޓްރާންސްޕޯޓް އަށް ހުށަހަޅާނޭ ކަމުގައި ދަންނަވަމެވެ.

ވީމާ، މިއަދުން ފެށިގެން 4 ފުރޮޅުލީ އުޅަނދުތައް މަގުމަތީގައި ޕާކުކޮށްފައި ނުބޭއްވުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

16  ރަޖަބް   1446

16  ޖެނުއަރީ  2025

16 ޖަނަވަރީ 2025
ހޯދާ