މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކަމާގުޅޭ ޤާނޫނުތަކާ ޚިލާފުވެފައިވާތީ 24 ގަޑިއިރު ތެރޭގައި ހުސްކުރުމަށް އަންގާ އެންގުން

އިޢުލާން

ކަމާގުޅޭ ޤާނޫނުތަކާ ޚިލާފުވެފައިވާތީ 24 ގަޑިއިރު ތެރޭގައި ހުސްކުރުމަށް އަންގާ އެންގުން

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 60/78 (އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާބެހޭ ޤާނޫނު) އަދި ގަވާއިދު ނަންބަރު 2015/R-22 (ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދު) އާ ޚިލާފުވެފައިވާތީ، 20 ޖުލައި 2015 ވާ ހޯމަދުވަހުގެ 18:00 އިން ފެށިގެން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި، ޓީ-ޖެޓީ ސަރަޙައްދުގައި ހިޔާކޮށްފައިވާ ބައިގައިވާ އެންމެހައި މުދާ، މުދަލުގެ ވެރިފަރާތުން ނަގައި ތަން ހުސްކުރުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ. އަދި މިދެންނެވި ސަރަޙައްދު މި އިޢުލާނާ އެއްގޮތްވާ ގޮތުގެމަތިން ހުސްނުކޮށްފިނަމަ، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މި މިނިސްޓްރީން އަޅާނެ ވާހަކަވެސް ދަންނަވަމެވެ.    

04 ޝައްވާލް‏ 1436

20 ޖުލައި 2015
ހޯދާ