ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 182 ޖަލްސާގެ ނިންމުން އާއްމުކުރުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 30 އޮކްޓޯބަރ 2024 ، ބުދަ
27 ރަބީޢުލްއާޚިރު 1446
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 23 އޮކްޓޯބަރ 2024 އިން 29 އޮކްޓޯބަރ 2024 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- މަގުބައްތި ޖެހުމަށް ބޭނުންވާ 75 މަގުބައްތި ގަތުމަށް ޖޭ.އެލް.ސީ.އެލް ފަންޑު އިން 15,125.00 (ފަނަރަހާސް އެއްސަތޭކަ ފަންސަވިސް ރުފިޔާ) ގެ ބަޖެޓެއް ފާސްކުރުމުގެ މައްސަލަ.
- ބަނދަރު ފެން ދޫކުރާ ނިޒާމް މަރާމާތުކުރުމަށް ޖޭ.އެލް.ސީ.އެލް ފަންޑް އިން 20,000.00 (ވިހިހާސް ރުފިޔާގެ) ބަޖެޓެއް ފާސްކުރުމުގެ މައްސަލަ.
- ޝަހީދުންގެ ބިނާގެ ނަމުގައި ބިނާއެއް ހެދުމުގެ މައްސަލަ.
- 2024 ވަނަ އަހަރުގެ މުއައްސަސާކަޕް ބޭއްވުމަށް ބޭނުންވާ ބަޖެޓް ފާސްކުރުމުގެ މައްސަލަ.
- 4 ވަނަ ދައުރުގެ 2024/44/4/182/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
އެޖެންޑާ ނަންބަރު 1: 23 އޮކްޓޯބަރ 2024 އިން 29 އޮކްޓޯބަރ 2024 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
އެޖެންޑާ ނަންބަރު 2: މަގުބައްތި ޖެހުމަށް ބޭނުންވާ 50 މަގުބައްތި އަދި 25 މަގުބައްތި ތައްމަތި ގަތުމަށް ޖޭ.އެލް.ސީ.އެލް ފަންޑު އިން 15,125.00 (ފަނަރަހާސް އެއްސަތޭކަ ފަންސަވިސް ރުފިޔާ) ގެ ބަޖެޓެއް ފާސްކުރުމަށް ނިންމުނު.
އެޖެންޑާ ނަންބަރު 3: ބަނދަރު ފެން ދޫކުރާ ނިޒާމް މަރާމާތުކުރުމަށް ޖޭ.އެލް.ސީ.އެލް ފަންޑް އިން 20,000.00 (ވިހިހާސް ރުފިޔާގެ) ބަޖެޓެއް ފާސްކުރުމަށް ނިންމުނު.
އެޖެންޑާ ނަންބަރު 4: ޝަހީދުންގެ ބިނާގެ ނަމުގައި ބިނާއެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށް މި ބިނާގެ މަޢުލޫމާތު 2024 ނޮވެމްބަރ 3 ވަނަ ދުވަހުގެ ޖަލްސާގައި ރައްޔިތުންނާއި ހިއްސާކުރުމަށް ނިންމުނު.
އެޖެންޑާ ނަންބަރު 5: ވަނަ އަހަރުގެ މުއައްސަސާކަޕް ބޭއްވުމަށް ޖޭލް.ސީ.އެލް ފަންޑްގެ "އެކިއެކި މުބާރާތްތަށް ބޭއްވުން" ހަރަކާތުގެ 223014 ޖީ.އެލް ކޯޑްއިން 35000.00 (ތިރިސްފަސް ހާސް ރުފިޔާ) ގެ ބަޖެޓެއް ފާސްކުރުމަށް ނިންމުނު.
އެޖެންޑާ ނަންބަރު 6: އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2024/44/4/182/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
# |
ނަން |
މަޤާމު |
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
ޖަލްސާގެ ހާޒިރީ |
|||
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ހ |
- |
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ހ |
- |
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ހ |
- |
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
ހ |
- |
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ހ |
- |