ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 177 ވަނަ ޖަލްސާގެ ނިންމުން އާއްމުކުރުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 25 ސެޕްޓެމްބަރ 2024 ، ބުދަ
22 ރަބީޢުލްއައްވަލް 1446
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 18 ސެޕްޓެމްބަރ 2024 އިން 24 ސެޕްޓެމްބަރ 2024 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- -/30000 ރުފިޔާގެ ބަޖެޓް ކޮންޓްރޯލް ފާސް ކުރުން
- އިސް ރަށްވެހިންގެ ދުވަސް ފާހަގަ ކުރުމަށް -/7000 ރުފިޔާގެ ބަޖެޓެއް ފާސް ކުރުމުގެ މައްސަލަ
- 4 ވަނަ ދައުރުގެ 2024/39/4/177/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
އެޖެންޑާ ނަންބަރު 1: 18 ސެޕްޓެމްބަރ 2024 އިން 24 ސެޕްޓެމްބަރ 2024 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
އެޖެންޑާ ނަންބަރު 2: ނަމްބަރ 2024/1435/BC/010 ( 25 ސެޕްޓެމްބަރ 2024 ) ބަޖެޓް ކޮންޓްރޯލް ފޯމުން އިލެކްޓްރިކަށް ބޭނުންވާ ތަކެތި ހޯދުމަށާއި ސްޕެއަރ ޕާޓްސް ހޯދުމަށާއި މުވައްޒަފުންނަށް ޔުނިފޯމު ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ޚަރަދު ކުރުމަށް -/30000 ރުފިޔާގެ ބަޖެޓްކޮންޓްރޯލް ފާސް ކުރުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ފޯމުގައި ބަޔާން ކުރައްވާފައިވާ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި ކައުންސިލުގެ ބަޖެޓުން -/30000 ރުފިޔާގެ ބަޖެޓްކޮންޓްރޯލުގައިވާ ފައިސާ ޚަރަދު ކުރުމާ މެދު އިޢްތިރާޒެއް ނެތްކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
އެޖެންޑާ ނަންބަރު 3: އިސް ރަށްވެހިންގެ ދުވަސް ކަމުގައިވާ 01 އޮކްޓޯބަރ 2024 ވަނަ ދުވަސް ފާހަގަ ކުރުމަށް -/7000 ރުފިޔާގެ ބަޖެޓެއް ފާސް ކުރުމުގެ މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު އިސް ރަށްވެހިންގެ ދުވަސް ފާހަގަ ނުކުރެވި ގިނަ އަހަރުތަކެއް ފާއިތުވެފައިވާތީ މިއަހަރުގެ އިސް ރަށްވެހިންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ކައުންސިލުގެ ބަޖެޓުން -/7000 ރުފިޔާ ޚަރަދު ކުރުމާ މެދު އިޢްތިރާޒެއް ނެތްކަމުގައި މެމްބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
އެޖެންޑާ ނަންބަރު 4: އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2024/39/4/177/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
# |
ނަން |
މަޤާމު |
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
ޖަލްސާގެ ހާޒިރީ |
|||
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ހ |
- |
2 |
ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު |
ހ |
- |
3 |
ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް |
ހ |
- |
4 |
ކައުންސިލް މެންބަރު ނަޝްފާ މާހިރު |
|
ރަސްމީ ދަތުރެއްގައި |
5 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ހ |
- |