މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"އިންޓަގްރޭޓެޑް ސަސްޓެއިންނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ

"އިންޓަގްރޭޓެޑް ސަސްޓެއިންނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"މަޝްރޫއަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ

 

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިޔަށް ގެންދަން ރާވާފައިވާ ”އިންޓަގްރޭޓެޑް ސަސްޓެއިންނަބަލް އެންޑް ލޯ އެމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއު ހިންގުމަށްޓަކައި ޕްރޮޖެކްޓް އެސިސްޓެންޓްގެ މަޤާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1200 ގެ ކުރިން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން އެ މުވައްޒަފެއް މި ވަޒީފާއަށް ވީއްލާނެކަމުގެ ސިޓީ ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

 

މި  ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަ ކޮށްފައި ވާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސުރުޚީގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

"އިންޓަގްރޭޓަޑް،ސަސްޓެއިނަބަލް އެންޑް ލޯ އެމިޝަންސް ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް"  މަޝްރޫއު އަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް ކްލައިމްޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018300

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމްޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމްޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ.

16 ޖަނަވަރީ 2025
ހޯދާ