މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިނގަމުންދާ ދަރުބާރުގެ ހަކުރާ މާލަމާއި، ފާށަނާ މާލަމާއި ގޯޑައުން އިމާރާތް އަދި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓް ހިނގަމުންދާ އިމާރާތުގެ 4ވަނަ ފުލޯ އަދި 5ވަނަ ފުލޯގައި ހިމެނޭ އެންމެހާ ބައިތައް އަމިއްލަ ތަކެތީގައި 1 އަހަރު ދުވަހުގެ މުއްދަތައް ކުނިކަހާ ފޮޅާ ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިނގަމުންދާ ދަރުބާރުގެ ހަކުރާ މާލަމާއި، ފާށަނާ މާލަމާއި ގޯޑައުން އިމާރާތް އަދި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓް ހިނގަމުންދާ އިމާރާތުގެ 4ވަނަ ފުލޯ އަދި 5ވަނަ ފުލޯގައި ހިމެނޭ އެންމެހާ ބައިތަށް އަމިއްލަ ތަކެތީގައި 1 އަހަރު ދުވަހުގެ މުއްދަތައް ކުނިކަހާ ފޮޅާ ސާފު ކޮށް ބަލަހަށްޓާ ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ،  އެކަމަށް ޝަރުތުހަމާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ  2025 ޖެނުއަރީ 29 ވާ ބުދަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2025 ޖެނުއަރީ 29 ވާ ބުދަ ދުވަހު 11:05 ގައި، މި މަސައްކަތައް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2025 ޖެނުއަރީ 22 ވާ ބުދަ ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

"29 ޖެނުއަރީ 2025 ގެ 11:05 ގެ ކުރިން ބީލަން ނުހުޅުވާށެވެ. – "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހިނގަމުންދާ ދަރުބާރުގެ ހަކުރާ މާލަމާއި، ފާށަނާ މާލަމާއި ގޯޑައުން އިމާރާތް އަދި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމަންޓް ހިނގަމުންދާ އިމާރާތުގެ 4ވަނަ ފުލޯ އަދި 5ވަނަ ފުލޯގައި ހިމެނޭ އެންމެހާ ބައިތައް އަމިއްލަ ތަކެތީގައި 1 އަހަރު ދުވަހުގެ މުއްދަތައް ކުނިކަހާ ފޮޅާ ސާފު ކޮށް ބަލަހައްޓާ ދޭނެ ފަރާތެއް ހޯދުން - (IUL)438-AU/1/2025/1"

 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް،އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

އަމީނީމަގު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

އިޢުލާނު ނަންބަރު: (IUL)438-AU/1/2025/1

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)

ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

 

16 ޖަނަވަރީ 2025
ހޯދާ