އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިންނަށް ޚާއްޞަ ބީޗު ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ފަތުރުވެރިންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑުދޮށް ސާފުކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށުގެ ފަތުރުވެރިންނަށް ޚާއްޞަ ކޮށްފައިވާ ގޮނޑުދޮށް ސަރަޙައްދު 1 އަހަރު ދުވަހުގެ މުއްދަތަ ސާފުކޮށް ބަލަހައްޓާ ދޭނެ ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ސައުޤުވެރިވާ ފަރާތްތަކަށް އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި މަސައްކަތާއި ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަކޮށްގެން ބާއްވާ ބައްދަލުވުން 22 ޖަނަވަރީ 2025 ވާ ބުދަ ދުވަހުގެ 13:15ގައި މި ކައުންސިލްގައި އޮންނާނެއެވެ.   
  • މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކީގައި ޢާންމުކޮށްފައިވާނެއެވެ.  
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 23 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ އަގު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ކޯޓޭޝަން ހުށައެޅުން

 

  • ކޯޓޭޝަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 26 ޖަނަވަރީ 2025 ވާ އާދިއްތަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަން ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                        15 ރަޖަބު 1446

15 ޖަނަވަރީ 2025                 

15 ޖަނަވަރީ 2025
ހޯދާ