ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގ ގަންނަން ބޭނުންވާތަކެއްޗާއި ކުދި މަސައްކަތް ކޮށް ދިނުމަށް އެދޭ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލަން ބޭނުން ވެއެވެ. ވީމާ ކަމަށް އެދޭ ފަރާތްތަކުން މިއިއުލާން އެކު ހީރާސް ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު، އީ-މެއިލް: [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މިގޮތުން ފޮނުއްވާ ފޯމް
އަދި [email protected] އަށް ސީސީ ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ފޯމް ފުރުއްވުމުގައި އެފަރާތަކުން ދެއްވާ ބޭނުންވާ ދާއިރާއެއް ފާހަގަ ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ފޯމް ފޮނުއްވުމުން ވެންޑަރ ލިސްޓްގައި ރަޖިސްޓްރީ ކުރެވުނުކަން މެއިލްއިން އެންގޭނެއެވެ.
ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2025 ފެބްރުއަރީ 10 ވަނަ ދުވަހުގެ 12:00 އެވެ.
ރަޖިސްޓްރީ ވުމަށް ހުށަހެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 09 ފެބްރުއަރީ 2025 ދުވަހުގެ 14.00ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 3002571 އާއި ގުޅުއްވުން އެދެމެވެ.