ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 3
އެސިސްޓެންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އިނާޔަތްތައް
|
-/7035 ރުފިޔާ
-/2,000 ރުފިޔާ
2,462/25 ރުފިޔާ (އިތުރު ގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕަރޓްމަންޓް/އިންޓަރނޭޝަނަލް ރިލޭޝަންސް ޔުނިޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އިންޓަރނޭޝަނަލް ސްޓަޑީޒް ނުވަތަ ކޮމިޔުނިކޭޝަންސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕޮލިސީ އެންޑް ޕްލޭނިންގގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އިންޓަރނޭޝަނަލް ސްޓަޑީޒް ނުވަތަ ކޮމިޔުނިކޭޝަންސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕޮލިސީ އެންޑް ޕްލޭނިންގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އިންޓަރނޭޝަނަލް ސްޓަޑީޒް ނުވަތަ ކޮމިޔުނިކޭޝަންސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، ޕޮލިސީ އެންޑް ޕްލޭނިންގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- އިންޓަރނޭޝަނަލް ސްޓަޑީޒް ނުވަތަ ކޮމިޔުނިކޭޝަންސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- އިންޓަރނޭޝަނަލް ސްޓަޑީޒް ނުވަތަ ކޮމިޔުނިކޭޝަންސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓު ފިޔަވައި އެހެނިހެން ގޮތްގޮތުން ހޯދުމަށް ރިސޯސް މޮބިލައިޒޭޝަން ސްޓްރެޓްޖީއެއް އެކުލަވައިލައި ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ތިމާވެށީގެ މަޝްރޫޢުތަކަށް އެހީދޭ ބައިނަލްއަޤުވާމީ އަދި ބައިލެޓްރަލް ޑޯނަރުންނާއި، އެ ފަރާތްތަކުން ލިބެން ހުރި ފުރުޞަތުތަކާއި، މިފަދަ އެހީ ދެމުން އަންނަ އެކިއެކި ގޮތްތަކާއި އެހީ ދިނުމުގައި ޑޯނަރުން ގެންގުޅޭ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތަކާބެހޭ ފަހުގެ މަޢުލޫމާތު ހޯދައި އެއްކޮށް، މި ފަދަ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ޕާޓްނަރޝިޕްތައް ޤާއިމުކުރަމުން ގެންދިއުން.
- ތިމާވެށީގެ މަޝްރޫޢުތައް ހިންގުމަށް ޑޯނަރުންގެ އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް ތައްޔާރުކުރުން.
- ޑޯނަރ އެހީ ލިބިގެން ކުރިއަށް ގެންދާ ތިމާވެށީގެ މަޝްރޫޢުތަކުގެ ދަށުން، ޑޯނަރުންނަށް ފޮނުވަންޖެހޭ ރިޕޯޓުތަކާއި މަޢުލޫމާތު ފޮނުވަމުން ގެންދާގޮތް ބަލައި މޮނީޓަރކުރުން.
- ތިމާވެށީގެ މަޝްރޫޢުތައް ހިންގުމަށް މަލްޓިލެޓަރަލް އަދި ބައިލެޓްރަލް ފަރާތްތަކުން އެހީ ލިބެން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ކަމާބެހޭ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ހިއްސާކުރުން.
- މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފައިސާ ބޭނުންވާ ދާއިރާތައް ކަނޑައަޅައި، އަހަރު ދުވަހު ތެރޭ އެހީދޭ ޑޯނަރުންގެ އެހީ ލިބިގެން ހޯދާނެ ޖުމްލަ ފައިސާގެ ޓާގެޓްތަކެއް ކަނޑައަޅައި އެ ހޯދުމަށް މަސައްކަތް ކުރުން.
- ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރެވެމުންދާގޮތް ބަލައި މޮނީޓަރކުރުން.
- ބޭރުގެ އެކިއެކި ޖަލްސާ ސެމިނަރތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުން
- އިންޓަރނޭޝަނަލް ރިލޭޝަންސްއާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވައި ހިނގަމުންދާ ގޮތް ބެލެހެއްޓުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ރިސޯސް މެނޭޖްމަންޓުގެ މަސައްކަތްކޮށްފައި ހުރި މިންވަރު.
- ގިނަވަގުތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުފަތުރު ކުރެވޭފަރާތަކަށްވުން.
- އިންޓަރނޭޝަނަލް ރިލޭޝަން ތަޖުރިބާ ހުރި މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 12 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 12 އޮގަސްޓު 2015 އާއި 30 ސެޕްޓެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
29 ރަމަޟާން 1436
|