އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިސާ ބިން ކުއްޔަށް ދޫކުރުމާބެހޭ

                                                                                                                   

       

އދ.ދިގުރަށު ކައުންސިލްގެ އިދާރާ             

 ދިގުރަށް، ދިވެހިރާއްޖެ

          

       

 

 

ނަންބަރ:353/353/2025/8(IUL)

އިޢުލާން

" ނިސާ " ބިން ކުއްޔަށް ދޫކުރުމާބެހޭ

                      އދ. ދިގުރަށު އަންހެނުންގެ މިސްކިތު ގޯތީގެ ދެކުނުން އިންވެގެން އޮތް

" ނިސާ " ( 1997.5 އަކަފޫޓްގެ) ބިން، 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

                    ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ކައުންސިލް އިދާރާގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1000ރ. ( އެއްހާސް ރުފިޔާ) ކައުންސިލަށް ދައްކަން ޖެހޭނެއެވެ. ރަޖިސްޓްރޭޝަން ފެށޭނީ 16 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ރަޖިސްޓްރޭޝަން ނިމޭނީ 04 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުގެ 14:00 ގައެވެ.

                    ބިން ކުއްޔަށް ހިފުމަށް ރަޖިސްޓްރީވާން ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގައި ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އީ.މެއިލް[email protected]  އަށް އީ.މެއިލް އިން ހުށަހަޅައިގެންވެސް ރަޖިސްޓަރީ ކުރެވިދާނެއެވެ. މިގޮތުން އީ.މެއިލް ފޮނުއްވައިގެން ރަޖިސްޓަރީވާ ފަރާތްތަކުން ކައުންސިލްގެ ޢާމްދަނީ އެކައުންޓް ނަންބަރު 7722700347001 ( 1398 Revenue1 ) އެކައުންޓަށް ފައިސާ ޓްރާންސްފަރ

 

ކުރުމަށްފަހު ފައިސާ ދެއްކި ރަސީދު ކައުންސިލްގެ ހޮޓްލައިން 9593939 އަށް ވައިބަރ ކުރުމުން ބީލަން ހުށަހަޅާ ފޯރމާއި މަޢުލޫމާތު ޝީޓް އެފަރާތަކަށްފޮނުވޭނެއެވެ.

                  ބިން ކުއްޔަށް ދިނުމާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 30 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

 

 މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވުމަކީ ބީލަން ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ލިބޭ އިތުރު ފުރުޞަތެކެވެ.

                  ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ 06 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ބީލަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2025 ފެބްރުއަރީ 06 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ކައުންސިލްގެ ރަސްމީ އީ.މެއިލް[email protected]   އަށް މެއިލް ކޮށްގެންވެސް ބިޑް ހުށަހެޅިދާނެއެވެ. ނަމަވެސް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެއެވެ. އިތުރު މާއުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ ހޮޓްލައިން ނަންބަރު: 9593939 އަށް ގުޅުއްވުން އެދެމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

                      

 

 

                                                   އިބްރާހީމް ޢުޘްމާން

                                                  ކައުންސިލްގެ ރައީސް

 

 

 

 

 

15 ޖަނަވަރީ 2025
ހޯދާ