މަޤާމް
|
ސްޓޯރ ކީޕަރ
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ރޭންކް
|
ޖީ. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ހޮސްޕިޓަލާއި، މި އަތޮޅުގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއާއި، އިދާރީ ހިންގުމަށް ބޭނުންވާ ލިޔެކިޔުމާބެހޭ އެންމެހައި ތަކެތި ހޯދައި، ޚިދުމަތަށް ދަތިނުވާނޭހެން ސްޓޮކް ކުރުން.
- ހޮސްޕިޓަލުގެ އިންވެންޓްރީ ފުރިހަމަކޮށް ބެލެހެއްޓުން.
- ސްޓޯރގައި ހުންނަ ހުރިހާ ތަކެއްޗެއްގެ ހިސާބު ދުވަހުންދުވަހަށް ބަލައި، ސްޓޮކް ބެލެންސް ޤަވާޢިދުން ބެލެހެއްޓުން.
- އަތޮޅުގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ލަސްނުކޮށް ފޮނުވުމުގެ އެންމެހައި އިންތިޒާމެއް ކުރުން.
|
ތަޢުލީމާއި، ތަޖުރިބާ
|
- ޕްރޮކިއުމަންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮކިއުމަންޓް، އިކޮނޮމިކްސް، ލޮޖިސްޓިކް މެނޭޖްމަންޓް، އެސެޓް މެނޭޖްމަންޓް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ބިޒްނަސް، އޭ.ސީ.ސީ.އޭ، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ސްޓޮކް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކްނަޑްރީ ސްކޫލް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.
|
ޢާއްމުކޮށް މަސައްކަތް އޮންނާނެ ގަޑި
|
ސަރުކާރުގެ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ހަވީރު 3:00 އަށް.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
3. ޤާބިލްކަން ކަށްވަރުކުރުމަށް އިންޓަވިޔުކޮށްގެން.
|
އިނާޔަތްތައް
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ އެލަވަންސާއި، ރިސްކް އެލަވަންސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެމް.ކިއު.އޭ. ގަބޫލުކުރައްވާކަމަށް ތައްގަނޑު ޖައްސަވާފައިވާ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާ ގުޅޭ ތަމްރީން (ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު) ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (މި ލިޔުމުގައި، ފުރިހަމަކުރި ތަމްރީނާއި، ތަމްރީނުގެ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
- މަސައްކަތު ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
|
ސުންގަޑި
|
2015 އޮގަސްޓު 4 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި ހޮސްޕިޓަލުގެ އޮފީހަށް.
|
އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު
|
- ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި، 2015 އޮގަސްޓު މަހުގައި.
- އިންޓަވިޔު ކުރާނީ، ވަޒީފާގެ ޝަރުޠު ހަމަވާ ފަރާތްތަކާ އެކަންޏެވެ.
- ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
- މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6841970 ނަންބަރު ފޯނަށް ނުވަތަ 6841974 ނަންބަރު ފޯނަށެވެ.
- ވަޒީފާއަށް އެދޭ ފޯމް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ހަމަޔަށް މި ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.
|
4 ޝައްޥާލް 1436
|