މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކަނޑާފައިވާ ފުނަގަސްތައް، ދުވަހު ނީލަމުގައި ވިއްކާލުން

ބަނދަރު ސަރަހައްދުން ކަނޑާފައިވާ ފުނަގަސްތައް، ދުވަހު ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

ނީލަން ކިޔުމަށް ކަނޑައަޅާފައިވަނީ، ލޮޓްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިތަކެތި 3 ލޮޓަކަށް ބަހާލެވިފައިވާނެއެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާ ގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

ވީމާ، މިނީލަމުން ތަކެތު ނަންގަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖަނަވަރީ 22 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00އަށް މި ކައުންސިލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ.

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މިކައުންސިލަށް ފައިސާ ދެއްކުމަށްފަހު ރަސްމީ 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތި ގެންދަވަން ވާނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އިދާރާގެ ނަންބަރ: 6580049 ނަންބަރ އާއި ގުޅުއްވުން އެދެމެވެ.

15 ޖަނަވަރީ 2025
ހޯދާ