ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކަންދޫ ރައްޔިތުންގެ ޕްރީސްކޫލްއަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

ތަކަންދޫ ރައްޔިތުންގެ ޕްރީސްކޫލްގެ ބޭބީ ނާރސަރީ އަދި ނާރސަރީ އަށް ކުދިން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައި ވާ ވާހަކަ ދަންނަވަމެވެ. ޕްރީ ސްކޫލަށް ވެއްދޭ ޢުމުރުފުރާ ކަނޑައެޅިފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސަރކިއުލާ އާއި އެއްގޮތައް ކަމުގައި ދަންނަވަމެވެ.

ގްރޭޑް

2025 ގްރޭޑަށް ވަދެވޭ އުމުރުފުރާ

ބޭބީ ނާސަރީ

2024 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާސަރީ

2024 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

ހިގާ އަހަރު 31 މާރޗްގެ ނިޔަލަށް 2 އަހަރު ފުރޭ ކުދިންނަށް ބޭބީ ނާސަރީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.

އަދި ހިގާ އަހަރު 31 މާރޗްގެ ނިޔަލަށް 3 އަހަރު ފުރޭ ކުދިންނަށް ނާސަރީ އަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ ދެވޭނެއެވެ.

ޕްރީ ސްކޫލުގެ ކިޔެވުން ފެށޭނީ 06 އޭޕްރީލް 2025 ވަނަ ދުވަހުގައެވެ. އަދި ޕްރީ ސްކޫލްގެ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު 500/- ރުފިޔާގެ ފީއެއް ނެގުމަށްވަނީ ކައުންސިލުން ނިންމާފައެވެ. ފީ ނަގަންފެށޭނީ އޭޕްރީލް 2025 އިން ފެށިގެން 01 އަހަރު ދުވަހުގެ މުއްދަތަށެވެ. 

 ވީމާ، މިއުމުރުގެ ކުދިން ސުކޫލަށް ވައްދަން ބޭނުންވާ ފަރާތްތަކުން 23 ޖަނަވަރީ 2025 ގެ ކުރިން ރަސްމީ ކޮންމެ ދުވަހެއްގެ 12:00 ގެ ކުރިން ޕްރީސްކޫލަށް ވަދުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. މި ފޯމް ކައުންސިލް އިދާރާއިން ލިބެންހުންނާނެއެވެ. 

 

15 ޖަނަވަރީ 2025
ހޯދާ