ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2025 މައިލޯ ރަމަޟާން ކްރިކެޓް ކާނިވަލް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން އަންނަ ރަމަޟާން މަހު މައިލޯ ރަމަޝާން  ކްރިކެޓް ކާނިވަލް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެމި ކާނިވަލް ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައެވެ.

މި އަހަރު މުބާރާތަކުގައި  ޓީމުތައް ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ތިރީގައި ވާ އަދަދަށެވެ. މި ގޮތުން ޓީމް ތައް ބައިވެރިކުރެވޭނީ، މުބާރާތުގައި ބައިވެރިވެ، ބައިވެރިވުމުގެ ފީ ދައްކާ ތަރުތީބުންނެވެ.  

  • އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތް (ހަމަ އެކަނި ދިވެހިންއަށް) - 12 ޓީމް   
  • އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތް (ހަމަ އެކަނި ސަރުކާރު އޮފީސްތަކަށް) - 08 ޓީމް
  • ކޮމްޕެނީ ކްރިކެޓް މުބާރާތް (ހުރިހާ އެންމެންއަށް ހުޅުވާލެވިގެން) - 12 ޓީމް

މުބާރާތުގައި ބައިވެރިވާން ބޭނުންވާފަރާތްތަކުން 10 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ބޯޑަށް އީމެލް ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯދުމަށް 3325503 ނަންބަރަށް ގުޅުއްވާދެއްވުމަށް އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

[email protected]

ފޯން: 3325503 / 7774761

15 ޖަނަވަރީ 2025
ހޯދާ