ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
އެންވަޔަރަންމަންޓް އެނަލިސްޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެމް. އެސް 2
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
-/6,295 ރުފިޔާ
-/2,000 ރުފިޔާ
2,203/25 ރުފިޔާ (އިތުރުގަޑީގައި ކުރާމަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
މާލެ/ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ތިމާވެށިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތިމާވެށީގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ތިމާވެށީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުން. ނުވަތަ،
- ތިމާވެށީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ދިރޭތަކެތީގެ ނަސްލާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެންމެހައި މުއާހަދާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ޤައުމީ ތަރައްޤީއާއި، އިޖުތިމާޢީ ކަންކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކުރުން ސަރުކާރުގެ މައިމަގަށް ނެރުމުގެ މަސައްކަތް ކުރުން
- ދިރޭތަކެތީގެ ނަސްލާ ގުދުރަތީ ވަސީލަތްތަކާއި އަދި އެ ތަކެތީގެ އަގާ މެދު ހުރިހާ ފަރާތްތަކެއްގެ ހޭލުންތެރިކަން އިތުރުކުރުން
- ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ގޮތެއްގައި ވާސިލްކޮށްދިނުމަށް މަސައްކަތްތައް ކުރުން
- ދިރޭތަކެއްޗާއި ޤުދުރަތީ ވަސީލަތްތަކާ ގުޅޭ ޕޮލިސީތަކާއި ޕްލޭންތަކާއި ސްޓްރެޓެޖީތަކާއި ޢަމަލީ މަޝްރޫޢުތައް އެކުލަވައިލައި ކަމާ ގުޅޭ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި އިރުޝާދުނާމާތަކާއި މިންގަނޑުތައް ހަދައި ތަންފީޒު ކުރުމުގައި ބަޔޯޑައިވަރސިޓީ ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ޤައުމީ ފެންވަރުގައާއި، އަތޮޅުފެންވަރުގައާއި ރަށުފެންވަރުގައި އަދި ކޮމިއުނިޓީ ފެންވަރުގައި ދިރޭތަކެއްޗާއި ތަންތަން ޙިމާޔަތްކުރުމާބެހޭ މަޝްރޫއުތައް ހިންގުން
- ރާއްޖޭގެ ދިރޭތަކެތީގެ ނަސްލާއި އެތަކެތި ދިރިއުޅޭ މާޙައުލުތަކާ ގުޅޭ މައުލޫމާތު ބެލެހެއްޓުމާއެކު އެއާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ދާއިރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ޙިމާޔަތްކުރާ ތަންތަނާއި ދިރޭތަކެއްޗާ ގުޅޭގޮތުން ބަޔޯޑައިވަރސިޓީ ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ދިރޭތަކެއްޗަކީ އެންމެންގެ މެދުގައި ހަމަހަމަ އިންސާފު ވެރި އުސޫލަކުން ބޭނުންކުރެވޭ އަދި އޭގެ ފައިދާ އިންސާފުވެރި ހަމަހަމަ އުސޫލަކުން އެންމެންގެ މެދުގައި ބެހިގެންދާ އެއްޗެއްކަން ޔަގީންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ދިރޭތަކެތީގެ ސަބަބުން އިންސާނުންނަށާއި، އާންމު ސިއްޙަތަށާއި، ތިމާވެށްޓަށާއި އެހެނިހެން ދިރޭތަކެއްޗަށާއި، މާހައުލަށާއި، ޤުދުރަތީ ވަސީލަތްތަކަށް ނޭދެވޭ އަސަރު ފޯރިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
- މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
- މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ކޯސްޓަލް މެނޭޖްމަންޓް ނުވަތަ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައި ހުރިމިންވަރު.
- ރާއްޖޭގެ ރަށްރަށަށް ގޮސް ސަރވޭ ކުރުމުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- ސުންގަޑި: 12 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 13 އޮގަސްޓު 2015 އާއި 15 ސެޕްޓެންބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
29 ރަމަޟާން 1436
|