ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އީޘާރު ޕްރީސްކޫލް ބޯޑަށް މެމްބަރުން ހޯދުމާއި ބެހޭ.

ގދ.ގައްދޫ ކައުންސިލުން ހިންގަމުންދާ އީޘާރު ޕްރީސްކޫލް ބޯޑެއް އެކުލަވާލަން ބޭނުންވެއެވެ.  9 މެމްބަރުން ގެ  މައްޗަށް އެކުލެވިގެންވާ މި ބޯޑުގައި ޢާންމު ރައްޔިތުންގެ ތެރެއިން 2 މެމްބަރުން ތިބެންޖެހޭތީ، މި ޕްރީސްކޫލް ބޯޑު މެމްބަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޖެނުއަރީ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނީ ކައުންސިލްގެ އީމެއިލް އެޑްރެސް [email protected]  އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7551871 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

14 ޖަނަވަރީ 2025
ހޯދާ