ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިޙާނުގެ ނަތީޖާ (ޕްރޮވިޝަނަލް ރިޒަލްޓްސް) ދޫކުރުން 2025 ޖަނަވަރީ 16 ވަނަ ދުވަހު ހެނދުނު 8:30 އިން ފެށިގެން ސެންޓަރުތަކުން ކުރިއަށް ގެންދާނެއެވެ. އަދި މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނު ހެދި ކެންޑިޑޭޓުންގެ ނަތީޖާ މި ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.
ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ނަތީޖާ ބަލާ ދުރުވާއިރު ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯރމް) ފުރިހަމަ ކުރުމަށްފަހު 2025 ޖަނަވަރީ 30 ވަނަ ދުވަހުގެ 1200 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސާރވިސް ރިކުއެސްޓް ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުން އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected] އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ސެންޓަރުތަކުން ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.